ކިޔެވުމުގައާއި
ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަން / ސޮފްޓުވެއަރ
ތައްޔާރުކުރީ : މުޙައްމަދު ޝަފީޤް / ވިލަރެސް ، ކ.
މާފުށި
17
ނޮވެމްބަރ 2015
ކިޔެވުމާއި
ކިޔަވާއިދިނުމުގެ ބައެއް އޮންލައިން އެޕްލިކޭޝަންތައް ރާއްޖޭގައި އަންނަނީ
އިތުރުވަމުންނެވެ. ޒަމާނާއިއެކު ފަހުގެ އިލެކްޓްރޯނިކް އުނގެނުމުގެ ވައްޓަފާޅި
ރާއްޖޭގައި ބޭނުންކުރަންފެށިފަހުން ފަސްވަރަކަށް އަހަރުވީއިރު އިލެކްޓްރޯނިކްގެ
ގޮތްތްއް އެކިމިންވަރަށް ހިމެނޭ ކޯސްތައް މަތީ ތަޢުލީމުދޭ އެކި މަރުކަޒުތަކުން
ފެންނަމުންދެއެވެ. އެއްވެސްކަމެއް އެކަމެއްގެ ފުރަތަމަކޮޅު އެންމެ ފުރިހަމަ
މިންވަރަށް ޙާސިލްވާނެކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ނުވެދާނެއެވެ.
އެގޮތުން ރާއްޖޭގައި ތަޖުރިބާ ކުރަމުންއަންނަ އީލާނިންގެ މަރުޙަލާއަކީ އަދި އަދި
އެންމެ ފުރިހަމަ ނޫންކަމުގައި ޤަބޫލްކުރަން ޖެހެއެވެ. މިގޮތުން ކިޔެވުމުގައާއި
ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންތަކަށް
ބަލައިލުމަކީ މިހުނދުންމިހިނދަށް މުހިއްމުކަމެއްކަމުގައި ދެކެމެވެ.
އީލާނިންގ ނުވަތަ އިލެކްޓްރޯނިކް
އުނގެނުން މާނަކުރުމުގައި ތަފާތުތަކެއް
ހުރިކަމުގައި ޢިލްމީ ލިޔުންތަކުން ހާމަވެއެވެ. އިލެކްޓްރޯނިކް އަދި މުވާސަލާތީ
ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގައްނައިދިނުމުގެ ގޮތްތައް
ބާރުވެރިކުރުވައި އުނގެނުން އައުގޮތްތަކަށް ބަދަލުކޮށް ފުލާދާއިރާއެއްގައި
އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދެއެވެ.
ބައެއް އޮންލައިން
އެޕްލިކޭޝަން / ސޮފްޓުވެއަރތައް
ވިކިޕީޑިއާ
ވިކިޕީޑިޔާ އަކީ ތަފާތު ބަސްބަހުން ތައްޔާރުކުރެވޭ
ފަސޭހަ ކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާކުރެވެމުންދާ އެކުމާފާނެކެވެ. މި އެކުމާފާނު
ހިންގަނީ އެމެރިކާގައި އުފެދިފައިވާ ނޮން-ޕްރޮފިޓް
ވިކިމީޑިޔާ ފައުންޑޭޝަން ކިޔާ ޖަމާޢަތަކުންނެވެ. ވިކިޕީޑިޔާ އިފްތިތާޙުކުރެވުނީ 2001 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15
ވަނަ ދުވަހުއެވެ. މިއަދު ވިކިޕީޑިޔާ އަކީ އިންޓަނެޓްގައިވާ އެންމެ ބޮޑު، އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އެންމެ
މަޝްހޫރު ރިފަރެންސް އެވެ. ވިކިޕީޑިޔާ
އަކީ އިންސާނުން ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް ފަސޭހަކަމާއެކު ފޯރުކޮށްދޭ އެޕްލިކޭޝަނެކެވެ.
2008
ވަނަ އަހަރުގެ އެޕްރީލް މަހުގެ ހިސާބުތަކަށް
ބަލާއިރު، އަހަރަކު 683
މިލިއަން މީހުން ވިކިޕީޑިޔާ އަށް ޒިޔާރަތްކުރިކަން
ފާހަގަ ކުރެވިފައި ވެއެވެ. އަދި 253
ބަހަކުން ލިޔެވިފައިވާ 10 މިލިއަން ލިޔުން ހިމަނާފައި ވެއެވެ. ހަމައެހެންމެ ދިވެހި ވިކިޕީޑިއާގެ އަމަލީ
މަސައްކަތް ފެށުނީ 2004 ވަނަ އަހަރުގެ
އޮގަސްޓު މަހުގެ ތެރޭގައެވެ. ވީކިޕީޑިއާގެ ދިވެހި ޞަފްޙާ ތަކުގައި މިވަގުތު 2,978
މައުޟޫޢަކާ ގުޅޭ
މަޢުލޫމާތު ހިމެނިފައިވާނެއެވެ. ދިވެހި (މަހަލް) ބަހުގެ މި އެކުމާފާނު (އެންސައިކްލޮޕީޑިއާ) ތިޔަބޭފުޅުންނަށްވެސް ވަރަށް ފަސޭހަކަމާއެކު ބޭނުންކުރެވިދާނެއެވެ.
އިންޓަނެޓް އެކްސްޕްލޯރާ
އިންޓަރނެޓް
އެކްސްޕްލޯރާއަކީ ދުނިޔޭގައި އެންމެ ގިނަމީހުން ބޭނުންކުރާ އެއްބުރޯސާއެވެ. 2002
އަދި 2003 ގައި % 95 މީހުން އިންޓަރނެޓް އެކްސްޕްލޯރާ
ބޭނުންކުރިއެވެ.
ޔޫޓިއުބް
ޔޫޓިއުބަކީ މުނިފޫހި
ފިލުވުމާއި ދުނިޔޭގައި ހިގާ ކަންތައްތައް ވީޑިއޯގެ ޒަރީއާއިން ފެނިގެންދާ
އެޕްލިކޭޝަނެކެވެ. ޔޫޓިއުބު އެންމެ ފުރަތަމަ އުފެއްދީ ކެލިފޯނިއާގެ
ސެންބުރޫނޯގައެވެ. މިއެޕްލިކޭޝަންގެ އެހީގައި ކިޔަވއިދިނުމަށާއި އެހެނިހެން
ބޭނުންތަކަށް ބޭނުންވާނެ ތަފާތު ވީޑިއޯތައް ފަސޭހަކަމާއެކު ޑައުންލޯޑް
ކޮށްލެވެއެވެ.
ބްލޮގާރ
ބްލޮގާރ އަކީ
ޕަބްލިޝް ސާރވިސްދޭ ވެބްސައިޓެކެވެ. ބްލޮގާރއެއް އެންމެފުރަތަމަ
ލޯންޗުކުރެވިފައިވަނީ 23 އޮގަސްޓް 1999 ގައި ، މީގެ 16 އަހަރު ކުރިންނެވެ. ބްލޮގާރ
ބޭނުންކުރާފަރާތްތަކަށް ބްލޮގާރގައި ރަޖިސްޓްރީވުމާއި ނުވުމުގެ އިޚްތިޔާރު
ލިބިގެންވެއެވެ. ބްލޮގާރއަކީ ފަސޭހައިންހަދާލެވޭ ވެބްސައިޓެކެވެ. ހަމައެއާއެކު
ތަފާތު އެކިއެކި މަޢުލޫމާތުތައް ޙިއްސާކުރުމަށް ބްލޮގާރ ބޭނުންކުރެއެވެ. ބްލޮގާރގެ
ތެރޭގައި ތަފާތުއެކިއެކިވައްތަރުގެ ބްލޮގް ހިމެނެއެވެ. އޭގެތެރޭގައި:
-
ޕާރސަނަލް ބްލޮގް
-
ކޮލެބްރޭޓިވް ނުވަތަ ގުރޫޕް ބްލޮގް
-
ކޯޕަރޭޓް އެންޑް އޯގަނައިޒޭޝަނަލް ބްލޮގް
-
އެގްރިގޭޓެޑް ބްލޮގް
-
ރިވާރސް ބްލޮގް ހިމެނެއެވެ.
ގޫގުލް މެޕް
މިއެޕްލިކޭޝަން އުފައްދާފައިވަނީ ޖެންސް އެއިލްސްޓްރުޕް ރުސްމުއްސެންއެވެ.
މިއީވަރަށްތަފާތު އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން ބޭނުންކުރަނީ ދަތުރުކުރަންށާއި
އެއްތަނުންއަނެއްތަނަށް ދާން ފަސޭހައަކަށެވެ. މީގެސަބަބުން އެމީހަކުދާންބޭނުންވާ
މަންޒިލާއި އެމީހަކު ހުރިހިސާބަކުން އެމަންޒިލަށްދެވޭނެ އެންމެ ކުރު ރާސްތާބުނެދީ
ދަތުރުކުރަންވާ މިސްރާބު ބުނެދެއެވެ. އޭގެސަބަބުން ހޭދަވާ ވަގުތާއި ދުރުމިން
ދެނެގަންނަން ފަސޭހަވެއެވެ. ހަމައެހެންމެ ހިސްޓްރީ ، ސައިންސް، ހިސާބުފަދަ ބައެއް
މާއްދާތައް ކިޔަވައިދިނުމުގައިވެސް މިއެޕްލިކޭޝަން ބޭނުންކުރެއެވެ.
ރެފަރެންސް
Ø ކޮލް ސެންޓަރ ފޮރ އޯޕަން ލާރނިންގ (
2014 )







ބޭނުންތެރި މައުލޫމާތުތަކެއް ލިބިއްޖެ.
ReplyDeleteވަރަށް ފަރުވާތެރިކަމާއެކު ހަދާފައިވާ މޮޅުލިޔުމެއް
ReplyDeleteThis comment has been removed by the author.
ReplyDeleteމަޢުލޫމާތުތައް ހުށަހަޅާފައިވަނީ މަޢުލޫމާތުތައް ދެނެގަންނަން ވަރށް ފަސޭހަކޮށެވެ.
ReplyDeleteމައިގަނޑު 3 އެޕްލިކޭޝަން އަކަށް ފުރިހަމަ މަޢުލޫމާތު ތަކެއް ލިބިއްޖެ
ReplyDeleteލިޔެލިޔެ ހުސްނުވާނެ މައުޟޫއެއް.. އެހެންނޫންތޯ... ގެނެސްފައިވާ މަޢުލޫމާތު ވ ރަނގަޅު.. ماشاءالله!
ReplyDeleteމިފަދަ އޮންލައިން އެޕްލިކޭޝަން ތައް ކިޔަވާދިނުމުގައި ގިނަގިަނއިން ބޭނުން ކުރުން ވަރަށް މުހިންމު، ގޮރޫޕް ގެ އެހެން ބައެއް ބައިވެރިންގެ ލިޔުން ތައް ައޅުގަޑަށް ނުފެނޭ
ReplyDeleteމިލިޔުމުން އުގެނުމާއި އުގައްނާ ދިނުމުގައި ބޭނުންކުރާނެ އޮންލައިން އެޕުލިކޭޝަންތަކެއް އެގިގެން ހިގައްޖެއެވެ.
ReplyDeleteވަރަށް ރަނގަޅު، މަޢުލޫމާތު މުއްސަނދި، ކުށްމަދު އާޓިކަލެއްކަމަށް ފާހަގަކުރަން. އެކަމަކު ލިޔުންގަނޑުތެރެއިން ރެފަރެންސަށް ދެވޭގޮތަށް ލިންކް ލާފައި ނުވާކަން، އުނިކަމެއްގެ ގޮތުގައި ފާހަގަ ކުރަން.
ReplyDeleteއެންމެންވެސް ސްމާޓް ފޯނު ގެންގުޅޭ ސްމާޓް ޒަމާނެއްގައި މިފަދަ މުހިއްމު ވެބްސައިޓް ތަކެއްގެ ނަންތައް އެނގިގެން ދިޔުމުން ވަރަށް ބޮޑަށް އުފާވެއްޖެއެވެ. މައުލޫމާތު ހިއްސާ ކުރެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ
ReplyDeleteތިޔަކުރެއްވި މަސައްކަތަށް ހަމަ ސާބަސް ދެމެވެ.
ReplyDelete