16 ނޮވެމްބަރ 2015
އުނގެނުމާއި އުނގަންނައިދިނުމުގައި ޒަމާނީ ޓެކްނޮލޮޖީ މިހާރުދަނީ ވަރަށް
ބޮޑަށް ބޭނުންކުރެވެމުންނެވެ. ޓެކްނޮލޮޖީގެ ސަބަބުން ކުދިންގެ ކުރިއެރުމަށާއި
ކުދިންގެ ޝައުގުވެރިކަމަށް ބޮޑެތި ބަދަލުތައް ގެނުވައެވެ. އަދި ދަރިވަރުންގެ
ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި ބާރަކަށް ވެގެންދެއެވެ. އަދި ފިލާވަޅު
ކާމިޔާބުކޮށް ގެންދިއުމަށްޓަކައި މިވަސީލަތްތަކުގެ ދައުރު ވަރަށް ބޮޑެވެ. މިގޮތުން
މިވަސީލަތްތައް ބޭނުންކުރުމުން ވަގުތު ސަލާމަތްކުރުމަށް ވަރަށް ބޮޑަށް
އެހީތެރިވެދެއެވެ. ލިންޑާ އޭ ސެންޓިސް ( 1991 ) ހާމަކުރައްވާގޮތުގައި ޒަމާނީ
ވަސީލަތްތައް ބޭނުންކުރަމުންދާ މިދުނިޔޭގައި، ކުރިން ކިޔަވައިދެމުން
އަންނަގޮތްތައް ބޭނުންކޮށްގެން ކުދިންގެ ޝައުގުވެރިކަން ދަމައިގަތުން އޮންނަނީ
ވަރަށް އުނދަގޫކަމަކަށް ވެފައެވެ. ނަމަވެސް ތައުލީމީ މާޙިރުން ގަބޫލުކުރާގޮތުގައި
މަލްޓިމީޑިއާ ޓެކްނޮލޮޖީގެ ސަބަބުން ކުދިންގެ ކުދިންފިލާވަޅުގައި ބައިވެރިވުން
އިތުރުވެ ކުދިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށްއެހީތެރިވެދެއެވެ. މިފަދަ
ވަސީލަތްތައް ބޭނުންކުރުމުގެ އެންމެ މުހިއްމު އެއްބޭނުމަކީ ޓެކްނޮލޮޖީ އާމެދު ދަރިވަރުންގެ
ސަމާލުކަން އިތުރަށް ހޯދޭކަމަށްވެސް އޭނާ ހާމަކުރައްވައެވެ.
ކިޔަވައިދޭ ފަރާތްތަކުންވެސް ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ
ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ތަފާތު ގޮތްގޮތަށް ބޭނުންކުރާނެގޮތް
ދަސްކުރަންޖެހެއެވެ. އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީގެ
ބޭނުންކުރުމުން ކިޔަވައިދިނުމަށް ފަސޭހަވެ، އަދި ކިޔަވައިދޭ އެއްޗެއް
ދަރިވަރުންނަށް ނެގޭލެއް ފަސޭހަވެގެންދެއެވެ. އަދި ހަމަމީގެ އިތުރުން ކިޔަވައިދިނުމާއި ގުޅޭ ތަފާތު މައުލޫމަތު
ހޯދުމާއި ތަތްޔާރުކޮށް އޮޅުންފިލުވައިދިނުމުގައިޔާއި، ދަރިވަރުންނާގުޅޭ މައުލޫމާތު
ރައްކާކޮށް ބެލެހެއްޓުމާއި ސްކޫލުގެ ތަފާތު އެކިއެކި ހަރަކާތްތައް ރާވަ
ހިންގުމުގައި ޓެކްނޮލޮޖީގެ ބޭނުންދަނީ ނުހަނު ބޮޑަށް ކުރަމުންނެވެ.
ޒަމާނަށްއައި
ބަދަލުތަކާގުޅިގެން އަޅުގަނޑުމެންގެ ސްކޫލު ނުވަތަ ކުލާސްރޫމުތަކަށް މިވަނީ ވަރަށް
ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭ ޑޭވިޑް ރޯޑެން ބަޝް (2013) ހާމަކުރައްވާގޮތުގައި
ކޮމްޕިއުޓަރެއް ނެތް ކުލާހެއް މިޒަމާނުގައި ނުހުންނާނެ ކަމަށާއި އަދި އުނގެނުމާއި
އުނގަންނައިދިނުމުގައި މީގެސަބަބުން ވަރަށް ރަނގަޅު އަސަރުތައް ކުރެއެވެ.
ކުލާސްރޫމުތަކުގައި ބޭނުންކުރެވޭ ތަފާތުވައްތަރުގެ ޓެކްނޮލޮޖީތައް ހުރެއެވެ.
އޭ ޑޭވިޑް ރޯޑެން ބަޝް (2013) ގައި ބަޔާންކުރައްވާ ގޮތުގައި ކުލާސްރޫމުތަކުގައި
ބޭނުންކުރެވޭ ޓެކްނޮލޮޖީތަކުގެ ތެރޭގައި އިންޓަރެކްޓިވް ވައިޓް ބޯޑް،
ކޮމްޕިއުޓަރސް، ޓެބްލެޓް، ސެލްފޯން، އޮންލައިން ލާރނިންގ އަދި ސޯޝަލް ލާރނިންގ
ފަދަ ޓެކްނޮލޮޖީ ހިމެނެއެވެ. އެހެންކަމުން މިމަޒުމޫނުގައި އަޅުގަނޑު ބަލާލާނީ
ޒަމާނީ ސްކޫލު ނުވަތަ ކުލާސް ރޫމް ޓެކުނޮލޮޖީގެ މައްޗަށެވެ.
ކޮމްޕިއުޓަރ،
އައިޕެޑް ނުވަތަ ލެޕްޓޮޕް މިވަނީ ދިރިއުޅުމުގެ އަސާސީ އެއްޗަކަށްވެފައެވެ. ތަފާތު
އެކި އެކި ކަންކަމުގައި މިތަކެތީގެ ބޭނުންކުރަމުން އަންނައިރު ކިޔވައިދިނުމުގައި
ކޮމްޕިއުޓަރ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އަލީ އިބްރާހިމް (2008)
ހާމަކުރައްވާގޮތުގައި ސްކޫލްތަކުގައި ޓީޗިންގ އެއިޑްސް ތަތްޔާރުކުރުމުގައި ،
އިންޓަރނެޓުން މައުލޫމާތު ހޯދުމުގައި، ކޮމްޕިއުޓަރުގެ ތަފާތު ވައްތަރުތައް ދަނީ
ބޭނުންކުރެވެމުންނެވެ. އެހެންކަމުން އުނގެނުމާއި އުނގަންނައިދިނުމުގެ ހުރިހާ
ދާއިރާއެއްގައިވެސް ކޮމްޕިއުޓަރ ވެފައިވަނީ އެއާނުލާ ތައުލީމު ފުރިހަމަ ފުރިހަމަ
ނުވެވޭފަދަ ބޭނުންތެރި އެއްޗަކަށް ވެފައެވެ. އަދި ހަމަ މިމަޖައްލާގައި އަލީ
އިބްރާހިމް ހާމަކުރައްވާގޮތުގައި ކުލާހުގައި ފިލާވަޅު އޮޅުންފިލުވައިދިނުމުގައި
ކޮމްޕިއުޓަރު ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. އަދި ހަމަ މިމޭރުމުން އޭނަ
ހާމަކުރައްވާގޮތުގައި ކޮމްޕިއުޓަރވެފައިވަނީ ދުނިޔެއަށް ވަރަށް ބޮޑު އިންގިލާބެއް
ގެނެސްދީފައެވެ. ޢާއްމުކޮށް އުނގެނުމާއި އުނގަންނައިދިނުމުގެ ހުރިހާ
ދާއިރާއެއްގައެވެ. ފަށާތައުލީމުން ފެށިގެން ޔުނިވަރސިޓީ ތައުލީމުގައިވެސް
ކޮމްޕިއުޓަވެފައިވަނީ އެއާނުލާ ތައުލީމު
ފުރިހަމަނުވެވޭ ބޭނުންތެރި އެއްޗަކަށްވެފައެވެ.
ކްލާސް
ވެބްސައިޓްސް އަދި ބްލޮގްސް
ވޯރޑްޕްރެސް ނުވަތަ އެނޫންވެސް ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ބްލޮގެއް ނުވަތަ ވެބްސައިޓެއް ބޭނުންކުރުމަކީ ވަރަށް ފަސޭހަ އަދި މިހާރުގެ ކުލާސްރޫމް ތަކުން ފެންނަމުންދާ އެއްޓެކްނޮލޮޖީއެވެ. އެގޮތުން ކްލާސް އެސައިންމަންޓް ޕޯސްޓްކުރުމަށްޓަކައިވެސް ޓީޗަރުންނަށް ކްލާސް ބްލޮގެއް ތައްޔާރުކުރެވިދާނެއެވެ. ސްކޫލް ބްލޮގް ހޯސްޓް "host" ކުރާން ""website sever އެއް ނެތްނަމަ، wordpress.com ނުވަތަ blogger.com ފަދަ free website hosting service ބޭނުންކޮށްގެން ޓީޗަރުންނަށް ކްލާސް ބްލޮގެއް ހިންގިދާނެއެވެ. މިބްލޮގްގެ ދަށުން ބްލޮގްގެ ނަންލައިގެން އައު ބްލޮގެއް ހެދިދާނެއެވެ. މިސާލަކަށް matchclass.wordpress.com މިބްލޮގްގައި ކިޔަވާ ދަރިވަރަކު ތައުލީމާ ބެހޭ ހުރިހާ އެސައިންމަންޓެއް މިބްލޮގްއިން ފެންނަގޮތަށް ހެދިދާނެއެވެ. ބްލޮގްއެއް manage ކޮށް އެއަށް އެޢްޗެހި ޕޯސްޓްކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. ސަބަބަކީ އޭގައި HTML އެޑިޓަރސް ހުންނާތީއެވެ. މިއީވެސް ޒަމާނީ ކުލާސްތަކުން ފެންނަމުންދާ ވަސީލަތެކެވެ.
ޑިޖިޓަލް މައިކްރޯފޯން
ބޮޑެތި ކްލާސްރޫމްތަކުގައި ފިލާވަޅު ކިޔައިދެމުންދާ ވަގުތު މުދައްރިސްގެ އަޑު ދުރަށް ފޮނުވުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން މުޅިކުލާހަށް އަޑުއިއްވުމަށްޓަކައި ޓީޗަރުންނަށް ވަޔަރލެސް ޑިޖިޓަލް މައިކްރޯފޯން ބޭނުންކުރެވެމުންދާކަމީ ޓެކްނޮލޮޖީ ހެޔޮގޮތުގައި ބޭނުންކުރާކަމުގެ އެއް ހެއްކެވެ. މިވަޔާލެސް މައިކްރޯފޯނުން ވާހަކަދެއްކުމަށް ލައުޑު ސްޕީކަރ މެދުވެރިކޮށް މުޅި ކްލާސްރޫމް ތެރެއަށް އަޑު ފޮނުވައިދީ ޓީޗަރުގެ އަޑު ދަރިވަރުންނަށް ސާފުވެގެންދިއުމަށް އެހީވެދެއެވެ. މައިކްރޯފޯން އަކީ އެހާ އަގުބޮޑު އެއްޗެއް ނޫނުވެ. އެހެންކަމުން އެންމެ ކުޑަ ބަޖެޓެއްގެ ސްކޫލްގެ ކްލާސްތަކުގައިވެސް މިބޭނުންކުރެވިދާނެއެވެ. ހަމައެއާއެކު ކްލާސްތެރޭގައި އެކަކު އަނެކަކަށް އެއްޗިހި ކިޔައިދީ ފިލާވަޅު ބަހުސްކޮށް މަޝްވަރާކުރުމަށްވެސް މައިކްރޯފޯން ބޭނުންކޮށްގެން ވާހަކަ ދެއްކުމަކީ ކްލާހައް އަޑުއިއްވުމަށްޓަކައި ރަނގަޅު އެއްޗެކެވެ.
މޯބައިލް
ޑިވައިސް
ކްލާހުގައި ކިޔަވައިދިނުމަށް ޓީޗަރުންނާއި ދަރިވަރުންނަށް ސްމާޓްފޯން ބޭނުންކުރެއެވެ. އަދި މިގޮތަށް އުނގެނުމަށް މޯބައިލް ލާނިންގް (އެމް-ލާރނިންގ) އޭވެސް ކިޔައެވެ. އީ-ލާރނިންގ (އިލެކްޓްރޯނިކް ލާރނިންގ) ،
ނުވަތަ long distance education ދުރުންދޭ ތަޢުލީމު ގޮތަށް
އެމް-ލާރނިންގ އަކީވެސް މިޒަމާނުގައި ތަޢުލީމް އުނގެނުމަށް ވަރަށް މަޤުބޫލް
ގޮތެކެވެ. އެމް-ލާރނިންގ ގައި ފޯން ބޭނުންކުރިކަމުގައި ވީނަމަވެސް މިއީ
އުނގެނުމަށާއި އުނގަންނާދިނުމަށް ވަރަށް ފަސޭހަގޮތެކެވެ. ސަބަބަކީ، ކޮންމެ މީހަކު
ކޮންމެތާކު ހުއްޓަސް އެމީހަކަށް ފޯނު މެދުވެރިކޮށް ގުޅާލެވޭތީއެވެ. މޯބައިލް
ފޯނަކީ ބަލާބެލުމަށް އޭގެޒާތުގައި ވަރަށް ކުޑަ އެއްޗެކެވެ. އެހެންނަމަވެސް
ކޮމްޕިއުޓަރަކުން ބޭނުންކުރާ އެޕްލިކޭޝަންތައް ފޯނުން މިހާރު ބޭނުންކުރެވެއެވެ.
އެގޮތުން ދަރިވަރުން އެސައިންމެންޓް ހެދުމަށް މޯބައިލް އެޕްލިކޭޝަނެއް
ބޭނުންކުރެވިދާނެއެވެ. މިފަދަ އެޕްލިކޭޝަން ބޭނުންކޮށްގެން ދަރިވަރުންނަށް
ކުލާސްރޫމް އިންނާއި ކުލާސްރޫމް ބޭރުގައިވެސް އެސައިންމަންޓު ހަދައި
ނިންމިދާނެއެވެ.
ސްމާޓް އިންޓަރެކްޓިވް ވައިޓްބޯޑްސް
ޒަމާނި ޓެކްނޮލޮޖީގެ ތެރެއިން ސްމާރޓް ބޯޑަކީ ފިލާވަޅުތައް އޮޅުންފިލުވައިދިނުމުގައި ބޭނުންކުރެވިދާނެ ވަރަށް މުހިއްމު ވަސީލަތެކެވެ. މޭރީ އަންބެލް(2011)ހާމަކުރައްވާގޮތުގައި އިލެކްޓްރޯނިކް އިންޓަރެކްޓިވް ވައިޓްބޯޑަކީ ކިޔަވައިދިނުމުގައި، ކުލާސްރޫމްތަކަށާއި ދުރުންދޭ ތައުލީމުގައިވެސް ވަރަށް މުހިއްމުއެއްޗެކެވެ. ފަހުގެ ސްމާޓް ވައިޓްބޯޑުގައި ޓަޗް ސްކްރީން ފަންކްޝާން އެކުލެވިފައި ހުރުމުން، ގަލަމުން ނުވަތަ އިނގިލިން ޓަޗްކޮށްގެން ޓީޗަރުންނަށް ޕޮއިންޓްތައް ކިޔައިދެވިދާނެއެވެ. އަދި ޕްރޮޖެކްޓަރ ބޭނުންކޮށްގެން އެކިކަހަލަ ފޮޓޯތަކާއި މަންޒަރުތައް މިބޯޑްގައި ދައްކައިގެން ކިޔަވައިދެވިދާނެއެވެ. އަދި މިގޮތަކީ ދަރިވަރުންނަށް ކިޔަވަން ފަސޭހަވެ އެކުދިންގެ ކިޔެވުން ރަނގަޅުވެގެންދާ ކަމެކެވެ. އަދި ހަމައެހެންމެ މިބޯޑުގައި ދަރިވަރުންނަށްވެސް ކުރަހާ ލިޔެ ހެދޭނެއެވެ. ސްމާޓް ވައިޓްބޯޑަކީ ތަފާތު އެކި ސައިޒްގައި ހުންނަ އެއްޗެކެވެ. އެހެންނަމަވެސް ބޮޑުވެފަ ފުޅާ ސައިޒުގެ ބޯޑުގައި ބޮޑުކޮށް ތަސްވީރުދެއްކޭނެއެވެ. އަދި ކިޔަވައިދޭ ވަގުތު ދެކުދިންނަށް ބޮޑެތި ބޯޑުގައި ބޭނުން ކުރެވޭނެއެވެ. މިބޯޑު ހުންނަނީ ކަރަންޓުން ދިއްލިފައިކަމުން، ބޯޑު ނިވިދިއްލަނީ ހާއްސަ ފިތަކުންނެވެ. އަދި ޓީޗަރުންގެ މަސައްކަތްތައް ދެވަނަ ފަހަރަށްވެސް ބޭނުންކުރުމަށްޓަކައި މިބޯޑުގައި މަސައްކަތްތައް ސޭވްކުރެވިދާނެއެވެ.
އޮންލައިން
މީޑިޔާ
ޓީޗަރުންނާއި ކިޔަވާކުދިން އޮންލައިން ސްޓްރީމިން މީޑިއާ ބޭނުންކޮށްގެން ކްލާސްރޫމްގައި ކިޔަވައިދެމުންދެއެވެ. އަދި ޓީޗަރު ކިޔަވައިދެމުންދާ ވަގުތު، އަސްލު މަންޒަރު ދެއްކުމަށްޓަކައި youtube.com ފަދަ އޮންލައިން މީޑިއާ ސައިޓްތައް ބޭނުންކުރެއެވެ. މިސައިޓްގައި ކިޔަވާ ކުއްޖަކު އެމަންޒަރެއް ބަލައިގެން ކިޔެވޭކަހަލަ މަންޒަރުތައް ހުރެއެވެ. މިސާލަކަށް ޖިއޮގްރަފީ ކޮލާސް ނެގުމަށްޓަކައި ދެންނެވުނު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްލާސް ގެންދާގޮތަށް ބަލާލަމާތޯއެވެ. ފަރުބަދަ އުފެދޭގޮތް އަހަރުމެންނަށް ފޮތުން ކުރަހައިގެން ކިޔައިދެވިދާނެއެވެ. އެހެންނަމަވެސް ފަރުބަދަ އުފެދޭގޮތާއި ފަރުބަދަ ގޮވާވަގުތު ހިންގާ ކިންތައްތަކުގެ އަސްލު މަންޒަރުތައް ދެންނެވުން ޔޫޓިއުބްއިން ދެއްކޭނެއެވެ. މިގޮތަށް ކިޔަވައިދިނުމުން ދަރިވަރުން ކިޔެވުމަށް އިތުރު ޝައުޤުވެރިކަމެއް އުފެދެއެވެ.
އޮންލައިން
ސްޓަޑީޒް ޓޫލްސް
ޒަމާނަށް އައި ބަދަލާ ގުޅިގެން ކުލާސްރޫމްތަކުގައި ބޭނުންކުރެވޭ އަނެއް
ޓެކްނޮލޮޖީއަކީ އޮންލައިން ސްޓަޑީޒް ޓޫލްސްއެވެ. "ޑައިނަމިކް ޕީރިއޮޑިކް
ޓޭބަލް (ptable.com) ފަދަ އޮންލައިން
ސްޓަޑީ ޓޫލްސް ބޭނުންކޮށްގެން ކެމިސްޓްރީ ކިޔަވާކުދިންނަށް އޭގައި ބޭނުންކުރާ
އެލަމެންޓްސްތައް ވަކިކުރުމަށް ބޭނުންކުރެވިދާނެއެވެ. ހަމައެފަދައިން “foldit”(fold
it)
މި ޓޫލް ބޭނުންކޮށްގެން ބައޮލޮޖީ ކިޔަވާ ދަރިވަރުންނަށް އޭގައި ބޭނުނުންކުރާ
ޕްރޮޓީންގެ މައިގަނޑު އެނގިގެންދާނެއެވެ. އަދި ‘mathway’ (mathway.com) ގެ އެހީގައި ހިސާބުކިޔަވާ
ދަރިވަރުންނަށް އޭގައި ހުންނަ ސުވާލުތައް ހެދުމަށް ފަސޭހައެވެ. ކިޔެވުމަށް
ބޭނުންކުރާ މިހުރިހާ ޓޫލްސްތަކަކީ ކުއްޖާ ފިލާވަޅު ދަސްކުރުމަށް ލިބޭ އިތުރު
ހިތްވަރަކަށްވެ ކިޔެވުން ކުރިއަރައިދާ ކަމެކެވެ.
ނިންމުން
މަތީގައި
ބަޔާންކުރެވުނު ކުލާސްރޫމް ޓެކްނޮލޮޖީތައްދަނީ މިހާރުގެ ކުލާސްރޫމްތަކުގައި
ބޭނުންކުރެވެމުންނެވެ. މައިގަނޑު ގޮތެއްގައި ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީގެ
ބޭނުންކުރެވެނީ ތައުލީމީ ދާއިރާގެ ކަންކަން ރާވާ، ބަލަހައްޓާ، ހިންގުމާއި،
މުދައްރިސުން ދަރިވަރުނޖްނަށް އުނގަންނައިދިނުމާއި ، ދަރިވަރުން އަމިއްލައަށް
އުނގެނުން ކުރިއަރުވާ ތަރައްޤީކުރުމަށެވެ. އެހެންކަމުން ޓެކްނޮލޮޖީ ވެފައިވަނީ
އުނގެނުމާއި އުނގަންނައިދިނުމުގައި އެއާއި ނުލައި ބޭނުންނުކުރެވޭފަދަ މުހިއްމު
ބޭނުންތެރި އެއްޗަކަށް ވެފައެވެ.
ރެފަރެންސް :
-
އަލީ އިބްރާހިމް(2008). ކޮމްޕިއުޓަ ތައުލީމު –އިންސާނާ ކަންނެތްކުރުވި
މެޝިން. ނެގީ، ޖަމާއަތުގެ ޚަބަރު (15-20).







މަވްޟޫއަށް ވަރަށް ފުރިހަމައަށް އިންސާފުކުރެވިފައިވާ ލޭއައުޓް ވަރަށް ރީތި އާޓިކަލްއެއް.
ReplyDelete
ReplyDeleteވަރަށް ފުރިހަމަ މަޢުލޫމާތު ކޮޅެއް ގެނެސްދެއްވީތީ ވަރަށް ބޮޑަށް ޝުރިއްޔާ ! އެކަމަކު ބްލޮގްގެ ސްކްރިނަށް ވެފައި މިހިރީ ކިނެއްބާ؟
ރަނގަޅަށް ރިފެރެންސް ދީފައިވާ މޮޅު ލިއުމެއްކަން ފާހަގަކުރަން.ކިޔަވާކުދިންނަށާއި ކޯސްތައްހަދާކުދިންނަށް ނުހަނު ބޭނުން މަޢުލޫމާތުތަކެއްކަން ފާހަގަ ކުރަން.
ReplyDeleteވަރަށް މައުލޫމާތު މުއްސަދި އާޓިކަލްއެއް ކަންފާހަގަކުރެވެއެވެ. މިއާޓިކަލް ގެ ސަބަބުން ވޯސްތަކުގައި ކިޔަވާދަރިވަރުންނަށް ވަރަށް ބެނުންތެރި މައުމާތުތަކެއް ލިބިގެން ދާނެކަމުގައި އަޅުގަނޑުދެކެން
ReplyDeleteމަޢުލޫމާތު މުއްސަނދި ލިޔުމެކެވެ. އަދި ލިޔުމުގެ ތެރެއިން ރެފަރެންސް ލިންކް ކޮށްފައި ހުރުމުން ވަރަށް ފަސޭހައެވެ.
ReplyDeleteވަރަށް ރަނަގަޅަށް މަޢުލޫމާތުތައް އަތުރާލެވިފައިވާ ފުރިހަމަ އާޓިކަލްއެއް
ReplyDeleteވަރަށް ފުރިހަމަ މަޢުޟޫއަށް އިންސާފުކުރެވިފައިވެއެވެ. މިލިޔުމުގެ އެތުރުންގަނޑުވެސް ފުރިހަމަ. ތިގޮތުގައި ކުރިއަށްދޭ.
ReplyDeleteއާޓިކަލްގައިވާ ގޮތުން މިހާރުގެ ކްލާސްރޫމެއް ފުރިހަމވެސް ނުވާނެ މިފަދަ ތަކެއްޗާ ނުލާ... އެދެވޭގޮތުގައި ކްލާސް ކުރިޔަށް ގެންދިޔުމަށް މިއާޓިކަލްގެ ބޭނުންހިިފޭނެ..
ReplyDeletefurihama ah mauloaa gulhey gothun dhiraasaa kohfai waakan faahaga kuran
ReplyDeleteމައުލޫމާތު މުއްސަދި ލިޔުމެކެވެ ލިޔުން ކިޔާލުމުން ހިތައް ތަޞައްވަރު ވެގެން ދަނީ ލިޔުން ތެރިއާއަކީ ކިޔަވާދެައްވުމުގައި ޢަމަލީގޮތުން ޓެކްނޮލޮޖީ ބޭނުން ކުރާފަރާތެއްކަމުގައެވެ. .
ReplyDeleteމައުލޫމާތާއި ހުށަހެޅުމާއި އެތުރުން ވަރަށް ފުރިހަމަ ހިތްގައިމު ލިޔުމެއް.
ReplyDeleteޒަމާނީސުކޫލް/ކުލާސްރޫމް ޓެކްމޮލޮޖީ ގެދަށުން ވަރަށް ރަނގަޅަށް އިންސާފުކުރެވިފައިވާކަން ފާހަގަ ކުރަމެވެ.
ReplyDeleteވަރަށް ފުރިހަމަ ލިޔުމެއް
ReplyDeleteވަރަށް ފުރިހަަމަ
ReplyDeleteވަރަށް ވެސް ބޭނުންތެރި މަޢުލޫމާތު ކޮޅެއް
ReplyDelete