Tuesday, November 17, 2015

ކިޔެވުމުގައާއި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަން / ސޮފްޓުވެއަރ


ކިޔެވުމުގައާއި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަން / ސޮފްޓުވެއަރ
ތައްޔާރުކުރީ : މުޙައްމަދު ޝަފީޤް / ވިލަރެސް ، ކ. މާފުށި
17 ނޮވެމްބަރ 2015


ކިޔެވުމާއި ކިޔަވާއިދިނުމުގެ ބައެއް އޮންލައިން އެޕްލިކޭޝަންތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ޒަމާނާއިއެކު ފަހުގެ އިލެކްޓްރޯނިކް އުނގެނުމުގެ ވައްޓަފާޅި ރާއްޖޭގައި ބޭނުންކުރަންފެށިފަހުން ފަސްވަރަކަށް އަހަރުވީއިރު އިލެކްޓްރޯނިކްގެ ގޮތްތްއް އެކިމިންވަރަށް ހިމެނޭ ކޯސްތައް މަތީ ތަޢުލީމުދޭ އެކި މަރުކަޒުތަކުން ފެންނަމުންދެއެވެ. އެއްވެސްކަމެއް އެކަމެއްގެ ފުރަތަމަކޮޅު އެންމެ ފުރިހަމަ މިންވަރަށް ޙާސިލްވާނެކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތްކަމަށް ނުވެދާނެއެވެ. އެގޮތުން ރާއްޖޭގައި ތަޖުރިބާ ކުރަމުންއަންނަ އީލާނިންގެ މަރުޙަލާއަކީ އަދި އަދި އެންމެ ފުރިހަމަ ނޫންކަމުގައި ޤަބޫލްކުރަން ޖެހެއެވެ. މިގޮތުން ކިޔެވުމުގައާއި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންތަކަށް ބަލައިލުމަކީ މިހުނދުންމިހިނދަށް މުހިއްމުކަމެއްކަމުގައި ދެކެމެވެ.
އީލާނިންގ ނުވަތަ އިލެކްޓްރޯނިކް އުނގެނުން މާނަކުރުމުގައި  ތަފާތުތަކެއް ހުރިކަމުގައި ޢިލްމީ ލިޔުންތަކުން ހާމަވެއެވެ. އިލެކްޓްރޯނިކް އަދި މުވާސަލާތީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގައްނައިދިނުމުގެ ގޮތްތައް ބާރުވެރިކުރުވައި އުނގެނުން އައުގޮތްތަކަށް ބަދަލުކޮށް ފުލާދާއިރާއެއްގައި އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދެއެވެ. 


ބައެއް އޮންލައިން އެޕްލިކޭޝަން / ސޮފްޓުވެއަރތައް
ބައެއް އޮންލައިން އެޕްލިކޭޝަންތަކުގެ ތެރޭގައި ގޫގުލް ސްލައިޑް ޔޫ ޓިއުބު ވިކިޕީޑިއާ ގޫގުލް މެޕް ޖީމެއިލް ކެންވާރސް ވައިބަރ ގޫގުލް ޕްލަސް ގޫގުލް ޑްރައިވް ބްލޮގަރ ޕިންޓަރެސްޓް ގޫގުލް ކުލާސްރޫމް އަދި އިންޓަރނެޓް އެކްސްޕްލޯރާ ހިމެނެއެވެ. މިއެޕްލިކޭޝަންތަކުގެތެރެއިން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކަކީ:


    ވިކިޕީޑިއާ
ވިކިޕީޑިޔާ އަކީ ތަފާތު ބަސްބަހުން ތައްޔާރުކުރެވޭ ފަސޭހަ ކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާކުރެވެމުންދާ އެކުމާފާނެކެވެ. މި އެކުމާފާނު ހިންގަނީ އެމެރިކާގައި އުފެދިފައިވާ ނޮން-ޕްރޮފިޓް ވިކިމީޑިޔާ ފައުންޑޭޝަން ކިޔާ ޖަމާޢަތަކުންނެވެ. ވިކިޕީޑިޔާ އިފްތިތާޙުކުރެވުނީ 2001 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިއަދު ވިކިޕީޑިޔާ އަކީ އިންޓަނެޓްގައިވާ އެންމެ ބޮޑު، އަދި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އެންމެ މަޝްހޫރު ރިފަރެންސް އެވެ. ވިކިޕީޑިޔާ އަކީ އިންސާނުން ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް ފަސޭހަކަމާއެކު ފޯރުކޮށްދޭ އެޕްލިކޭޝަނެކެވެ.
  
2008 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހިސާބުތަކަށް ބަލާއިރު، އަހަރަކު 683 މިލިއަން މީހުން ވިކިޕީޑިޔާ އަށް ޒިޔާރަތްކުރިކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 253 ބަހަކުން ލިޔެވިފައިވާ 10 މިލިއަން ލިޔުން ހިމަނާފައި ވެއެވެ. ހަމައެހެންމެ ދިވެހި ވިކިޕީޑިއާގެ އަމަލީ މަސައްކަތް ފެށުނީ 2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ވީކިޕީޑިއާގެ ދިވެހި ޞަފްޙާ ތަކުގައި މިވަގުތު  2,978 މައުޟޫޢަކާ ގުޅޭ މަޢުލޫމާތު ހިމެނިފައިވާނެއެވެ. ދިވެހި (މަހަލް) ބަހުގެ މި އެކުމާފާނު (އެންސައިކްލޮޕީޑިއާ) ތިޔަބޭފުޅުންނަށްވެސް ވަރަށް ފަސޭހަކަމާއެކު ބޭނުންކުރެވިދާނެއެވެ.

 
އިންޓަނެޓް އެކްސްޕްލޯރާ
އިންޓަރނެޓް އެކްސްޕްލޯރާއަކީ ދުނިޔޭގައި އެންމެ ގިނަމީހުން ބޭނުންކުރާ އެއްބުރޯސާއެވެ. 2002 އަދި 2003 ގައި % 95  މީހުން އިންޓަރނެޓް އެކްސްޕްލޯރާ ބޭނުންކުރިއެވެ.



     ޔޫޓިއުބް
ޔޫޓިއުބަކީ މުނިފޫހި ފިލުވުމާއި ދުނިޔޭގައި ހިގާ ކަންތައްތައް ވީޑިއޯގެ ޒަރީއާއިން ފެނިގެންދާ އެޕްލިކޭޝަނެކެވެ. ޔޫޓިއުބު އެންމެ ފުރަތަމަ އުފެއްދީ ކެލިފޯނިއާގެ ސެންބުރޫނޯގައެވެ. މިއެޕްލިކޭޝަންގެ އެހީގައި ކިޔަވއިދިނުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާނެ ތަފާތު ވީޑިއޯތައް ފަސޭހަކަމާއެކު ޑައުންލޯޑް ކޮށްލެވެއެވެ.



    ބްލޮގާރ
ބްލޮގާރ އަކީ ޕަބްލިޝް ސާރވިސްދޭ ވެބްސައިޓެކެވެ. ބްލޮގާރއެއް އެންމެފުރަތަމަ ލޯންޗުކުރެވިފައިވަނީ 23 އޮގަސްޓް 1999 ގައި ، މީގެ 16 އަހަރު ކުރިންނެވެ. ބްލޮގާރ ބޭނުންކުރާފަރާތްތަކަށް ބްލޮގާރގައި ރަޖިސްޓްރީވުމާއި ނުވުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ބްލޮގާރއަކީ ފަސޭހައިންހަދާލެވޭ ވެބްސައިޓެކެވެ. ހަމައެއާއެކު ތަފާތު އެކިއެކި މަޢުލޫމާތުތައް ޙިއްސާކުރުމަށް ބްލޮގާރ ބޭނުންކުރެއެވެ. ބްލޮގާރގެ ތެރޭގައި ތަފާތުއެކިއެކިވައްތަރުގެ ބްލޮގް ހިމެނެއެވެ. އޭގެތެރޭގައި:
-         ޕާރސަނަލް ބްލޮގް
-         ކޮލެބްރޭޓިވް ނުވަތަ ގުރޫޕް ބްލޮގް
-         ކޯޕަރޭޓް އެންޑް އޯގަނައިޒޭޝަނަލް ބްލޮގް
-         އެގްރިގޭޓެޑް ބްލޮގް
-         ރިވާރސް ބްލޮގް ހިމެނެއެވެ. 


      ގޫގުލް މެޕް
މިއެޕްލިކޭޝަން އުފައްދާފައިވަނީ ޖެންސް އެއިލްސްޓްރުޕް ރުސްމުއްސެންއެވެ. މިއީވަރަށްތަފާތު އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން ބޭނުންކުރަނީ ދަތުރުކުރަންށާއި އެއްތަނުންއަނެއްތަނަށް ދާން ފަސޭހައަކަށެވެ. މީގެސަބަބުން އެމީހަކުދާންބޭނުންވާ މަންޒިލާއި އެމީހަކު ހުރިހިސާބަކުން އެމަންޒިލަށްދެވޭނެ އެންމެ ކުރު ރާސްތާބުނެދީ ދަތުރުކުރަންވާ މިސްރާބު ބުނެދެއެވެ. އޭގެސަބަބުން ހޭދަވާ ވަގުތާއި ދުރުމިން ދެނެގަންނަން ފަސޭހަވެއެވެ. ހަމައެހެންމެ ހިސްޓްރީ ، ސައިންސް، ހިސާބުފަދަ ބައެއް މާއްދާތައް ކިޔަވައިދިނުމުގައިވެސް މިއެޕްލިކޭޝަން ބޭނުންކުރެއެވެ.  





 ރެފަރެންސް
Ø   ކޮލް ސެންޓަރ ފޮރ އޯޕަން ލާރނިންގ ( 2014 )

Monday, November 16, 2015

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިސްފައިވާގޮތް



         ލިޔުނީ: އާމިނަތު އާޝިޔާ

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ  އެކިއެކި ވަޞީލަތްތައް ބޭނުންކޮށްގެން ޝައުޤުވެރިކަން ދެމެހެއްޓޭނެހެން ކުރިއަށްގެންދެވޭ އުނގެނުމުގެ ހަރަކާތެކެވެ. އެގޮތުން ޓެކްނޮލޮޖީގެ ގޮތުން ބޭނުން ކުރެވިދާނެ ތަފާތު އެއްޗެހި ހުރެއެވެ. އެގޮތުން މީޑިއާ، ތަފާތު ވައްތަރުގެ މެޝިން، ނެޓްވޯރކިން އަދި ހާޑްވެއަރ މީގެ ތެރޭގައި ހިމެނެއެވެ. ޒަމާން ތަރައްޤީވާ ވަރަކަށް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީވެސް ދުވަހެއް ދުވަހަކަށް މިއަންނަނީ ކުރި އަރަމުންނެވެ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއެއްގެ އެންމެ މުޙިއްމު ބޭނުމެއްކަމަށް ވަނީ ތަޢުލީމް ކުރިއެރުވުމެވެ. ވަކިހަމަތަކެއްގެ މަތިން އުނގެނުމަށް ފަހިކޮށްދިނުމެވެ. މިކަންކަމަށް އެހީއެއްގެ ގޮތުން ތަފާތު އައު އުފެއްދުންތައް ދަނީ ތަޢާރަފް ވަމުންނެވެ. އުނގެނުމަށް ފަހި ވާގޮތަށް ތަފާތު ޕްރޮގްރާމްތަކާއި، އެޕްލިކޭޝަންތައް ދަނީ އުފަންވަމުންނެވެ. ކަން މިހެން ހުރިއިރު  އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ  މިއަދާއި ހަމައަށް ތަރައްޤީވަމުން އައިސްފައިވާ ގޮތް ބަލައިލުން ވަރަށް މުޙިއްމެވެ. 


އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް:
ކަރުދާސް ތަޢާރަފްވުން:
ކަރުދާހަކީ ލިޔުމަށާއި،އެއްޗެހި ޕްރިންޓްކުރުމަށާއި،ޕާރުސަލް ކުރުން ކަހަލަ ކަންކަމުގައި މިއަދުވެސް ބޭނުން ކުރެވެމުންއަންނަ އެއްޗެކެވެ. އެނގޭ ހަޤީޤަތަކީ ވަރަށް ކުރިންވެސް ކަރުދާސް ބޭނުން ކުރަމުން އައި ކަމެވެ. ކަރުދާސް އުފެއްދުމުގެ ޝަރަފް ލިބެނީ ޗައިނާއަށެވެ. 105 އޭ.ޑީ ވަނަ އަހަރު ޗައިނާއިން ވަނީ ކަރުދާސް އުފައްދާފައެވެ.
ކަރުދާހަކީ ގަހުގެ ލަކުޑިން އުފައްދާ އެއްޗެކެވެ. އެގޮތުން ކަރުދާސް އުފެއްދުމުގައި އެންމެ ގިނައިން ބޭނުންކުރެވެނީ އަވަހަށް ހެދޭ ބާވަތްތަކުގެ ގަސް ގަހުގެ ލަކުޑިއެވެ. ކަރުދާސް އުފެއްދުމަށްޓަކައި އެންމެ ފުރަތަމަ ހަދާ ގޮތަކީ ގަހުގެ ލަކުޑި ވަރަށް ކުދިކުދިކޮށް ބުރިކުރުމަށްފަހު، ފެނާއެއްކޮށް އެއަށްފަހު އޭގެތެރެއަށް ކެމިކަލްއަޅުމަށްފަހު ހޫނުކުރަނީއެވެ. ކަރުދާހުގެ ތެރޭގައި ތަފާތު ވައްތަރުގެ ކަރުދާސް ހުރެއެވެ. މިހާރު މިބޭނުންކުރާ ވައްތަރުގެ ޒަމާނީ ކަރުދާސް އުފައްދާފައިވަނީ 705 އޭ.ޑީ ވަނަ އަހަރު ޗައިނާގެ "ތައިލުން" އެވެ. މިއަދު ކަރުދާއަކީ އެއާއި ނުލާ އުނގެނުމުގެ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ފަދަ އެއްވަނީ ވެފައެވެ. 


ބްލެކް ބޯޑް ތަޢާރަފްވުން
18 ވަނަ ގަރުނުގައި އުނގެނުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު އިންގިލާބެއް އައެވެ. އެގޮތުން އައި އިންގިލާބަކީ ދިވެހިންގެ ވަރަށް ގިނަ ސްކޫލްތަކުގައި ވަރަށް ފަހަކާ ޖެހެންދެން ބޭނުން ކުރަމުން އައި އަދި މިހާރުވެސް ގިނަ ސްކޫލްތަކެއްގައި ބޭނުން ކުރަމުން އަންނަ ބުލެކް ބޯޑު ތަޢާރަފް ވުމެވެ. 1801 ގައި ބުލެކް ބޯޑު ވުޖޫދަށް ގެނެސްދިނީ ސްކޮޓްލޭން އޯލްހަޔާރ ސްކޫލްގެ ހެޑްމާސްޓަރ އަދި ޖޯގްރަފީ ޓީޗަރެއް ކަމުގައިވާ ޖޯން ޕިލަންސްއެވެ. މިކަން ތަޢާރަފް ވުމުން އޭރު ޔޫރަފްގެ ވަރަށް ގިނަ ސްކޫލްގައި ބެލެކް ބޯޑް ބޭނުން ކުރަން ފެށިއެވެ. ހަމައެއާއެކު 19 ވަނަ ގަރުނުގެ މެދެއްހައިތާނގާއި އެމެރިކާގެ އެމެރިކާގެ ހުރިހާ ސްކޫލްތަކެއްގައި ބްލެކް ބޯޑް ބޭނުން ކުރަން ފެށުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އުނގެނުމުގައި އިތުރު ހަލުވިކަމެއް އައުމެވެ. 


ޓެކްސްޓް ފޮތް ތަޢާރަފްވުން:
19 ވަނަ ގަރުނުގެ ތެރޭގައި ޓެކްސްޓް ފޮތްތައް ތަޢާރަފްވެގެން ދިއުން ވެގެން ދިޔައީވެސް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ޖެހުނު އިތުރު ފިޔަވަޅެއް ގޮތުގައެވެ. ދަރިވަރުންނާއި އުނގަންނައިދޭން ތިއްބެވި އެދުރުންނަށް މިކަމުގެ ސަބަބުން ވަރަށް ގިނަ ގުނަ ފަސޭހަތައް ވެގެން ދިޔައެވެ. ވަގުތު ސަލާމަތްވުމާއި، ދަރިވަރުންނަށް އޮޅުން ފިލުވައިދޭން ބޭނުވާ އެއްޗެއް ފަސޭހަކަމާއެކު އޮޅުން ފިލުވައި ދިނުމަށް އެހީއަކަށް ވެގެން ދިޔައެވެ. ފަހުން ބަލާލާނެ ރިފަރެންސްގެ ގޮތުގައި މިފަދަ ފޮތްތައް ބޭނުންކޮށްލެވެއެވެ.  


އޯޑިޔޯ ވިޝުއަލް ތަޢާރަފްވުން
20 ވަނަ ޤަރުނުގައި އޯޑިޔޯ ވިޝުއަލް ތަޢާރަފް ވެގެން ދިއުމަކީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަށް އައި އިތުރު ކުރިއެރުމެކެވެ. އޯޑިޔޯ އެއްގައި ވެއްޖިއްޔާ އަޑު ހުންނާނެއެވެ. ވިޝުއަލް އެއްޗެއް ވެއްޖިއްޔާ މަންޒަރު ފެންނާނެއެވެ. މިތަކެތީގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުން ކުރަމުން އައީ ރޭޑިޔޯއެވެ. މީގެ އެހީގައި ގިނަ ބަޔަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށް ދެވެއެވެ. އެންމެ ފުރަތަމަ ކުލާހެއްގައި ރޭޑިޔޯ ބޭނުން ކުރަން ފެށިފައިވަނީ 1925 ވަނަ އަހަރުއެވެ. އެއަށްފަހު 1930 ވަނަ އަހަރު ފިލްމް ސްޓްރިޕް ޕްރޮޖެކްޓަރ ބޭނުން ކުރަން ފެށުނެވެ. މިއީ އަލި ބޭނުންކޮށް ފޮޓޯ ދައްކަން ބޭނުންކޮށް އުޅުނު އެއްޗެކެވެ.  1932 ވަނަ އަހަރު އިންސްޓަކްޝަނަލް ޓީ.ވީ ތަޢާރަފް ވިއެވެ. މިކަމުގެ ސަބަބުން މަންޒަރާއި އަޑު ދަރިވަރުންނަށް ދެއްކުމަށް އެހީއަކަށް ވެގެން ދިއައެވެ. ކަމަކަށްފަހު ކަމެއް ކުރިއަރަމުން ގޮސް  1940 ވަނަ އަހަރު އޯވާރ ހެޑް ޕްރޮޖެކްޓާރ ތަޢާރަފް ވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ސްކޫލް ތަކުގެ އުނގަންނައިދިނުމަށް އިތުރު ފަސޭހަތަކެއް ވެގެން ދިޔައެވެ. މިއީ ލޯގަނޑެއްގެ އެހީގައި އަލި ފޮނުވައިގެން ބޭނުން ކުރާ އެއްޗެކެވެ. މި ބޭނުންކުރުމުން ވަގުތުގެ ބޮޑު ބައެއް ސަލާމަތްވެގެންދެއެވެ. ބޯޑުގައި ދޭން ބޭނުންވާ އެއްޗެއް އޯ.އެޗް.ޕީ އިންދައްކާލެވޭނެއެވެ. މިފަދަ ވަޞީލަތްތައް ބޭނުންކުރުމުން ފިލާވަޅުތަކަށް ކުދިން ގަޔާވާނެއެވެ.
1950 ގައި ޓީވީ އާންމުވުން ވެގެންދިއުން ހިމެނެނީވެސް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ޗެއިނަށް އިތުރުވި ބޮޅެއްގެ ގޮތުގައެވެ. މަންޒަރާއި އަޑު އެއްފަހަރަށް ފެނުމުން ކުދިންނަށް ގިނަ އެއްޗެހިތަކެއް އޮޅުން ފިލުމުގެ ފުރުޞަތު އޮންނާނެއެވެ. ހަމަ ލޮލަށް ނުފެންނަ ކިތައްމެ އެއްޗެއް ލޮލަށް ފެނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 


ކޮމްޕިއުޓަރގެ ޒަމާން ފެށުން
1960 ގެ މެދެއްހާ ހިސާބުގައި މައިކުރޯ ކޮމްޕިއުޓަރ ގެ ޒަމާން ފެށުން ވެގެން ދިޔައީ އުނގެނުމާއި، އުގަންނައި ދިނުމަށް އައި އިތުރު ފަހިކަމެއް ކަމުގައެވެ.
1971 ވަނަ އަހަރު އިންޓެލް ކޯޕަރޭޝަން އިން މައިކްރޯ ޕްރޮސެސަރ ނުވަތަ މައިކްރޯ ޕްރޮގާމެބަލް ކޮމްޕިއުޓަރ ޗިޕް ތަޢާރުފުކުރި އެވެ. އިންޓެލް 4004 ގެ ނަން ދީފައިވާ މި ޗިޕް އުފެއްދީ ޑރ. ރެޑް ހޮފް އެވެ. 1975 ވަނަ އަހަރު އެމް އައި ޓީ އެސް އިން އެންމެ ފުރަތަމަ މައިކްރޯ ކޮމްޕިއުޓަރ، އަލްޓައަރ ތަޢާރަފް ކުރިއެވެ.    ރޮބަރޓް މެޓްކާފް ނަމަކަށް ކިޔާ މީހަކު އެންމެ ފުރަތަމަ ލޯކަލް އޭރިއާ ނެޓްވޯކް (ލޭން) އުފެއްދިއެވެ. އިތަރނެޓް ގެ ނަން ދީފައިވާ މި ނެޓްވޯކް އުފެއްދީ ޒެރޮކްސް ޕާކް (ޕަލޯ އަލްޓޯ ރިސާރޗް ސެންޓަރ) ގައެވެ. ކަންކަން މިހެންގޮސް  1980ގެ އަހަރުތަކުގެ ފަހުކޮޅު ކޮމްޕިއުޓާރ އާންމު ވާން ފެށިއެވެ.


ޑިޖިޓަލްއަށް ބަދަލުވާން ފެށުން

ޒަމާންނަށް އަންނަ ކުރިއެރުމާއި އެއްގޮތަށް އުނގަންނައި ދިނުމުގައި ގެންގުޅޭ އާލާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ. 

1988 ގައި  ކޮމްޕިއުޓާރގެ އާއިލާއިން ލެޕްޓޮޕް ތަޢާރަފްވިއެވެ. ލެޕްޓޮޕަކީ ހުރިހާ ގޮތަކުންވެސް ފަސޭހަވެގެން އެއްޗެއް ކަމުގައި ވެގެންދިއައެވެ. ހިފައި ގެންގުޅުމުގައްޔާއި އުފުލާ ގެންގުޅުމުގައި އެތައް ތަނެއް ލުއިވެގެން ދިއައެވެ. 

ކުލާސް ރޫމްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ ސްމާރޓް ބޯޑު ކަހަލަ ވަޞީލަތްތައް ތަޢާރަފް ވާން ފެށުމުންނެވެ.  1991 ވަނަ އަހަރު ސްމާރޓް ބޯޑު ތަޢާރަފްވުން ކުރިން ކުލާސްތަކުގައި ބޭނުން ކުރަމުން އައި ބްލެކް ބޯޑާއި ވައިޓް ބޯޑުގެ ބޭނުންކުރުން މަދުވެގެން ދިޔައެވެ. އެފަދަ ފޯރުންތެރިކަން ހުރި ކޮންމެ ބަޔަކުވެސް ޒަމާނީ ވަޞީލަތްތައް ކުލާސް ރޫމްތަކަށް ތަޢާރަފް ކުރަމުން ދިއައެވެ. ނަތީޖާއަކަށް ވެގެންދިއައީ މިފަދަ ތަކެތީގެ އެހީގައި އުނގަންނައިދިނުމުން ދަރިވަރުންނަށް  ވަރަށް ގިނަ ގުނަ ފައިދާތަކެއް ވެގެން ދިޔަކަމެވެ.



އިންޓަރނެޓްގެ ޒަމާން 
ތަފާތު ބޮޑެތި ބަދަލުތައް އައިސް 2000 ވަނަ އަހަރު އިންޓަނެޓް ތަޢާރަފްވެގެން ދިއުން ވެގެން ދިޔައީ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ރޮނގުން އައި ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައިއެވެ. އިންޓާރނެޓްގެ އެހީގައި ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން ރައްޓެހިންނާއި ގާތްގުޅުމެއް އުފެއްދިގެންދިއައެވެ. ހަމައެއާއެކު އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތެއް އިންޓަރނެޓްގެ އެހީގައި ފަސޭހަކަމާއެކު ލިބެން ހުރެއެވެ. މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އުޅޭމީހަކަށް ފަސޭހަކަމާއެކު ތަޢުލީމް ހާޞިލް ކުރުމުގެ ފުރުޞަތު އިންޓަރނެޓް ޒަމާނީ ވަޞީލަތްތަކުގެ އެހީގައި މި އޮތީ ފަހިވެފައެވެ. އޮންލައިންކޮށް ތަފާތު ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުޞަތު މިވަނީ މިއަދު ލިބިފައެވެ. 




 

ރިފަރެންސް:
ވިކިޕީޑިއާ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ. ނެގީ https://en.wikipedia.org/wiki/Educational_technology